ދިވެހިރާއްޖެ
1 ޖަނަވަރީ 2025 – 31 ޑިސެންބަރު 2025 ގެ ނިޔަލަށް މިރަށު މިސްކިތު ޢިމާމުން އަދި މަސައްކަތު މީހުން ސަލާމް ބުނުމުންނާއި ޗުއްޓީ ނެގުމުން، ވޭޖު އުޞޫލުން މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ޕޫލް އެކުލަވާލުމަށް ބޭނުންވެއެވެ.
# |
މަޤާމް |
ވަޒީފާގެ ޝަރުތު |
އުޖޫރަ |
1 |
އިމާމް |
މުދިމް ކަމުގެ ސަނަދު ނުވަތަ އިމާމްކަމުގެ ސެޓްފިކެޓް ލިބިފައިވުން |
ކޮންމެ ނަމާދު ވަގުތަކަށް -/61 |
2 |
މުދިމް |
ޤުރުއާން ރީއްޗަށް ކިޔަވަން އެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން. |
ކޮންމެ ނަމާދު ވަގުތަކަށް -/53 |
3 |
މަސައްކަތު މީހުން |
ލިޔަން ކިޔަން ދަތުމާއި އެކު މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލްކަން ލިބިފައިވުން. |
ކޮންމެ ނަމާދު ވަގުތަކަށް -/45 |
ވީމާ މިޕޫލްގައި ރަޖިސްޓްރީވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 24 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިސިޓީއާއިއެކު ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ.