ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި "އއ.ފެރިދޫ" ގެ ނަމުގައި ވަނީ މިކައުންސިލުން ބައިވެރިވެފައެވެ. އަދި މި މުބާރާތުގައި އއ.ފެރިދޫ ތަމްސީލުކުރާ ފުޓްސަލްޓީމުގެ އެންމެހައި ކަންކަން (ޓީމު އެކުލަވާލުމާއި، މުބާރާތަށް ޓީމު ތައްޔާރުކުރުމާއި، މުބާރާތުގެ މެޗްތައް ކުޅުމާއި އަދިވެސް ޓީމުގެ އެނިހެން ކަންކަން) ޙަވާލުވެގެން ކުރުމަށް ޝަޢުޤުވެރިވެލައްވާ، ފަރާތްތަކުން އެކަމަށް އެދި ހުށައަޅާ ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައަޅާ ފަރާތަކާއި، މިޓީމުގެ އެންމެހައި ކަންކަން ޙަވާލުކޮށްގެން (އެއްބަސްވުމެއްގެ ދަށުން) ކުރުމަށް މިކައުންސިލްގެ 04 ވަނަ ދައުރުގެ 161 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޑިސެމްބަރ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މިޕްރޮޕޯސަލް ހުށައެޅުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 2024 ޑިސެމްބަރ 18 ވާ ބުދަދުވަހު ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.