ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ދަޢުވަތުދެމެވެ.
| 
 އެސިސްޓެންޓް ފައިނޭންސް އޮފިސަރ (ކޮންޓްރެކްޓް)  | 
 މަޤާމް:  | 
|
| 
 ޖ. އެސް. 3   | 
 ރޭންކް:  | 
|
| 
 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 ކްލެސިފިކޭޝަން:  | 
|
| 
 މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ  | 
 އޮފީސް / އިދާރާ:  | 
|
| 
 ކޯޕަރޭޓް އެފެއާޒް ޔްނިޓް  | 
 ޔުނިޓް:  | 
|
| 
 4465.00 ރުފިޔާ  | 
 މުސާރަ:  | 
|
| 
 1500.00 ރުފިޔާ  | 
 ސަރވިސް އެލަވަންސް  | 
|
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
|
| 
 ކޮންޓްރެކްޓް (2 އަހަރުދުވަސް)  | 
 ގިންތި:  | 
|
| 
 1. އެކައުންޓިންގ / ފައިނޭންސް / ބިޒިނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިފަދަ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  | 
 މަޤާމުގެ އަސާސީ ޝަރުޠުތައް  | 
|
| 
 - މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތީން، ކައުންސިލްގެ ފައިސާއާބެހޭ އެންމެހައި ކަންކަން ރާވައި، ހިންގައި ބެލެހެއްޓުން. - ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް، ކައުންސިލްގެ ރައީސްގެ ލަފާގެމަތީން ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުން. - ކައުންސިލްގެ އަހަރީ ބަޖެޓް، ކައުންސިލުން ނިންމާގޮތެއްގެމަތީން ތައްޔާރުކުރުން. - ކައުންސިލުން ކުރާ އެންމެހައި ޚަރަދުތައް ބަލަހައްޓައި، ގަވައިދުތައް ހަމަޖެހިފައިވާގޮތުގެމަތީން ފައިސާދީ ނިންމުން. - ކައުންސިލް އިދާރާއަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ހޯދައި، ޕްރޮކިޔުމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ހިންގޭނޭގޮތުގެ އިންތިޒާމްކޮށް ބެލެހެއްޓުން. - ކައުންސިލް އިދަރާގެ އެންމެހައި އެކައުންޓްތައް، މާލިއްޔަތުގެ ޤާނޫނާ އެއްގޮތަށް ބަލަހައްޓައި، ދުވަހުން ދުވަހަށް އެކައުންޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. - ކައުންސިލަށް ލިބޭ ޢާމްދަނީގެ ހިސާބުތައް ބަރާބަރަށް ބަލަހައްޓައި، ކައުންސިލަށް ލިބެންޖެހޭ އާމްދަނީއެއްވާނަމަ، އެ ފައިސާ ހޯދުމަށް މަސައްކަތްކުރުން. - މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކުރާ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - ކައުންސިލްގެ އިންވެންޓްރީއާއި މުދާ، މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް ބެލެހެއްޓުން. - ސަރުކާރުން ކައުންސިލަށްދޭ އަހަރީ ބަޖެޓުގައި ހިމެނޭ ފައިސާ، ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ހޯދުމަށް މަސައްކަތްކުރުން.  | 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް  | 
|
| 
 - ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ - މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.  | 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
|
| 
 މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އެފަރާތަށް އެންގޭނެއެވެ.  | 
 އިންޓަވިޔު އާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނަކާއި މުއްދަތު  | 
|
| 
 މި ވަޒީފާޔަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން، ވަޒީފާޔަށް އެދި ހުށައަޅާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް ހުށަހެޅުވުން އެދެމެވެ.  | 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި  | 
|
| 
 ދިވެހި ސިވިލްސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.  | 
 އުޖޫރައާއި ޢިނާޔަތްތައް  | 
|
| 
 - ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް، މި ކައުންސިލުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެެބްސައިޓުން ލިބެން ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ، ސާފުކޮށް ކިޔަން އެނގޭގޮތަށް ނަގާފައިވާ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
|
| 
 މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560013 ނަންބަރު ފޯނާއިއެވެ. ފެކްސް ކުރާނީ 6560013 ނަންބަރު ފޯނަށެވެ. އީމެލްކުރާނީ [email protected] އަށެވެ.  | 
 އިތުރު މަޢުލޫމާތު  | 
|
| 
 26 ރަމަޟާން 1436  | 
||
