ދިވެހިރާއްޖެ
އިޢުލާން
ވާދޫގައި ހިންގާ ވިޔަފާރިތަކާއި ކުންފުނިތަކުގެ މައުލޫމާތު ހޯދުމާއި ގުޅޭ.
ވާދޫ ކައުންސިލަށް ހޯދާ ޚިދުމަތްތަކާއި، ކައުންސިލުން ހިންގާ އެކިއެކި މަޝްރޫއުތަކާއި، އަދި ޕްރޮގްރާމްތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، މުއާމަލާތް ކުރުމަށް ވާދޫގައި ހިންގާ ވިޔަފާރިތަކާއި، ކުންފުނިތަކާއި، އަދި އެކިއެކި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.
ވީމާ ތިރީގައިވާ ލިންކު މެދުވެރިކޮށް، 2024 ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިމައުލޫމާތު ވާދޫ ކައުންސިލަށް ޙިއްސާކޮށްދެވުން އެދެމެވެ.
ލިންކު: https://forms.gle/pfJ8SADQEXfhUGso7
މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.