މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

މަޤާމް  

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު

            J-385903

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލުއުތުރުބުރީ އަތޮޅުކައުންސިލް އިދާރާ

މުސާރަ

5610 ރުފިޔާ

ސަރވިސް އެލެވަންސް

2000 ރުފިޔާ

އިތުރު އިނާޔަތްތައް

.1 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1-      ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތީން ކުރުން.

2-      ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީ ވުން.

3-      ސިވިލް ސަރވިސް ކޮމިޝަންގެ ޤާނޫނާ ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން މުވައްޒަފުންނާއި ގުޅޭ ކަންތައްތަކުގައި ޢަމަލުކުރާނެ އުޞޫލުތައް ސާފުކޮށް އެނގޭނޭގޮތަށް ލިޔެކިޔުމުން ގެންގުޅުމާއި ބެލެހެއްޓުން.

4-      ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ ޒިންމާގެ ތެރޭގައި ހިމެނޭ ހުރިހާ މަސައްކަތްތައް ސްޓޭންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (SOPs) ތައްޔާރުކޮށް މި ޕްރޮސީޖަރސްތަކާއި އެއްގޮތަށް ސެކްޝަންގެ ހުރިހާ މުވައްޒަފުންވެސް ޢަމަލުކުރޭތޯ ބެލުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން.

5-      މުވައްޒަފުންގެ މަޤާމްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ ކަންތައްތައް ކުރުވުމާއި ވަޒީފާގެ އެއްބަސްވުންތައް އަދި ވަޒީފާ ބަޔާންތައް ޤަވާއިދުން ބަލަހައްޓަމުން ގެންދެވޭތޯ ބެލުމާއި އެކަންތައް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

6-      މުވައްޒަފުންގެ ޗުއްޓީ އާއި ސަލާމްތައް ސިވިލް ސަރވިސްގެ ޤާނޫނާ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބަލަހައްޓަމުން ގެންދޭތޯ ބެލުމާއި އެކަންތައް ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރުވުން.

7-      ސިވިލް ސާރވިސް ކޮމިޝަނުން އަންގާ ގޮތެއްގެ މަތީން މުވައްޒަފުންނާ ގުޅުންހުރި ލިޔެ ކިއުންތައް ވިއުގަ އަށް އެޅުން

8-      ހުރިހާ މުވައްޒަފުންގެ ޢަމަލުތައް ސިވިލް ސަރވިސް ޤާނޫނުގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާގޮތުގެ މަތިން ޔުނިޓުތަކުގެ ހެޑުން ބަލަހައްޓަމުން ގެންދޭތޯ ބެލުމާއި މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އަންގާ އިސްލާހީފިޔަވަޅުއެޅުމުގެ ކަންތައްތައް ކުރަމުންގެންދޭތޯ ބެލުމާއި އެރެކޯޑްތައް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

9-      މުވައްޒަފުން ވަޒީފާއަށް ވެއްދުމާއި ވަކިކުރުން އަދި ބަދަލުކުރުމުގެ ކަންތައްތައް ޤަވާއިދުން ބަލަހަހައްޓަމުން ގެންދިއުން.

10-  އަތޮޅު ކައުންސިލް އިދާރާ ގެ ސިވިލް ސާރވިސް މުވައްޒަފުންނާއި އަތޮޅު ކައުންސިލްގެ މުވައްޒަފުން ގެސަލާމާއި ޗުއްޓީ  ގެ އެންމެހާ ކަން ބެލެހެއްޓުން.

11-  މުވައްޒަފުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުންދެވޭ ތަމްރީންތަކުގެ ފީޑްބެކް ހޯދާ މިއިދާރާއަށް އެ ތަމްރީންތަކުން ކުރާ ފައިދާ އަދި އިތުރަށް ހަރުދަނާ ކުރަން ކުރެވޭނެ މަސައްކަތް ދެނެ ގަތުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

12-  މުވައްޒަފުންގެ ރެކޯޑް ފައިލްތައް ބެލެހެއްޓުމުގެ ކަންތައްތައް ކުރުވުމާއި މުވައްޒަފުންނާބެހޭގޮތުން އަމަލުކުރަމުންދާ ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުމާއި ސިއްރު ހިފެހެއްޓުމުގެ ކަންތައްތައް ކުރޭތޯ ބެލުން.

13-  މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލޭނެގޮތުގެ ތަމްރީނު މުވައްޒަފުންނަށް ދިނުމުގެ ކަންތައްތައް ކުރުވުމާއި މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި މަހުން މަހަށް ފުރަންޖެހޭ ލޮގްޝީޓްތައް ފުރަމުންގެންދޭތޯ ބެލުން.

14-  ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއާއި ކޮމިޓީގެ ސަބް ޕެނެލްތަކުގެ ބައްދަލުވުންތަކުގެ އިދާރީ ކަންތައްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީއެއް ހާސިލްކޮށްފައިވުން.

ގުޚޭ ވަޒީފާގެ ދާއިރާތައް: 

  • ހިއުމަން ރިސޯސް  

ތަޢުލީމީ ރޮނގުތައް: 

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް މެނޭޖްމަންޓް 
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާރޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލްސަރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި   ދުވަސް އިނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،   ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އިނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮއްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮއްފައިވާނަމަ، އާދާކޮއްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އިނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮއްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮއްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮއްފައި އޮންނަން ވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮއްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. )

(ބ) އުވައިލައިފައިވާ ދައުލަތުގެ އިދާރާއެއގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮއްފައިވާނަމަ، އާދާކޮއްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އިނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމް ތަކުގައި ވަޒީފާ އަދާކޮއްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން ލިބެންނެތްނަމަ، ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މަޤާމަށް އައްޔަން ކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތްތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

1

އަސާސީ ޝަރުތު ހަމަވުން

30

2

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

3

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާއި ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

4

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

5

އެސެސްމަންޓް ( އިމްތިޚާން ނުވަތަ ޕްރެކްޓިކަލް )

20

6

އިންޓަރވިއު

35

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.)

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޚާން އޮންނާނީ 23 ޑިސެންބަރު 2024 އާއި 31 ޑިސެންބަރު 2024 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށާއި އިމްތިޙާން ދޭންޖެހޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓް ) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް ) " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ފޭސްބުކް ޕޭޖްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580552 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

                          14 ޖުމާދުލްއާޚިރާ  1446

15 ޑިސެންބަރު 2024
ހޯދާ