ދިވެހިރާއްޖެ
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު.
މާފަންނު ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އަދި އިންޑޯ ހޯލާއި ގުޅިފައިވާ އިމާރާތްތަކުގެ ސްޓްރަކްޗަރަލް ޑެމޭޖަރސް ދެނެގަނެ އެކަމާއިގުޅޭ އެސަސްމަންޓް ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހު 13:00 އަށް ސޯޝަލް ސެންޓަރއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން އަގާއި މަސައްކަތު މުއްދަތު ހިމެނޭ ކޯޓޭޝަން [email protected]
އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.