މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ދޫކުރުމާބެހޭ

އިޢުލާން

 ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ދޫކުރުމާބެހޭ

1436 ވަނަ އަހަރު ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ހޯދުމަށް މާލޭސިޓީގައި ފަޤީރުންގެ ގޮތުގައި ނަން ނޯޓުކޮށްފައިވާ ފަރާތްތަކަށް ޖުލައި 15، 16 (ރަމަޟާން 28، 29) މިދެދުވަހުގެ ހެނދުނު 10:30 އިން ފެށިގެން ފައިސާ ދޫކުރަމުން ގެންދާނެއެވެ. ފައިސާ ދޫކުރާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުންނާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ހުޅުމާލެ) އާއި، ވިލިނގިލީ އަވަށު އޮފީހުންނެވެ.

ފަޤީރެއްގެ ގޮތުގައި ނަން ނޯޓުކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ފަޤީރުންގެ ލިސްޓުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ އައިޑީކާޑާއި ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެނައުމުން އެފަރާތުގެ ފައިސާ ދޫކުރެވޭނެއެވެ.

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުގެންދަވާ ފަރާތްތަކަށް މިމުއްދަތުގެ ފަހުން ފައިސާ ދޫކުރާގޮތަށް ހަމަޖެހިފައި ނުވާ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ފަޤީރުންނަށް ފައިސާ ދޫކުރުން އޮންނާނީ އެމީހަކު ނަން ނޯޓުކޮށްފައިވާ ކައުންސިލްގެ އިދާރާއަކުންނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ރަމަޟާން 1436

09 ޖުލައި 2015
ހޯދާ