ދިވެހިރާއްޖެ
2025 ވަނަ ތަޢުލީމީ ދިރާސީ އަހަރު ބަނޑިދޫ ޕްރީސްކޫލް ބޭބީ ނާސަރީ އަދި ނާސަރީގައި ތަޢުލީމް ހާޞިލުކުރުމަށް އެދޭ ދަރިވަރުން ބަނޑިދޫ ޕްރީސްކޫލްގައި ރަޖިސްޓްރީކުރުމަށްއެދި ފުރުޞަތު ހުޅުވާލަމެވެ.
ބަނޑިދޫ ޕްރީސްކޫލްގައި ދަރިވަރުން ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 ޖަނަވަރީ 2025 ން ފެށިގެން 19 ޖަނަވަރީ 2025 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން ފެށިގެން 13:00 އަށް މިއިދާރާގެ ކައުންޓަރ އިންނެވެ.
އާއްމު އުސޫލާ އެއްގޮތްވާގޮތުގެމަތިން އެއްވެސްދަރިވަރަކު އެ ދަރިވަރަކު ހުރި ގުރޭޑްގައި ރިޕީޓް ނުކުރެވޭނެކަމާއި އަދި ފޯމް ބަލައިގަތުމަށްފަހު ދިރާސީ އަހަރަށް ބޭނުންވާ ތަކެތީގެ ލިސްޓް (ފޮތްލިސްޓް) ދޫކުރާނެ ކަމުގައި ބެލެނިވެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. ބޭބީ ނާސަރީއާއި ނާސަރީގައި ދަރިވަރުން ރަޖިސްޓާރ ކުރުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރާނަމަ އުމުރު ބެލުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ތިރީގައިވާ ތާވަލްގައިވާ ގޮތުގެ މަތިންނެވެ.
ގްރޭޑް |
2025 ވަނަ އަހަރު ގްރޭޑަށް ދަރިވަރުން ރެޖިސްޓަރކުރުމުގެ އުމުރު ފުރާ |
ބޭބީ ނާސަރީ |
ދެއަހަރު ފުރި ތިން އަހަރު ނުފުރޭކުދިން (ބެލެނިވެރިޔާ އެދިލައްވާނަމަ 31 މާޗް 2025 ގެ ނިޔަލަށް އުމުރު ބެލިދާނެއެވެ. އެހެންނަމަވެސް މިގޮތަށް އެންރޯލްކުރެވޭ ދަރިވަރު އެއްވެސް ގުރޭޑެއްގައި ފަހުން ރިޕީޓް ނުކުރެވޭނެކަމުގައި ދަންނަވަމެވެ.) |
ނާސަރީ |
ތިން އަހަރު ފުރި ހަތަރު އަހަރު ނުފުރޭކުދިން |
15 ޑިސެމްބަރ 2024