ދިވެހިރާއްޖެ
އެކި އުމުރުފުރާގައި ކުޅިވަރުގެ ހުނަރު ދަސްކޮށްދިނުމަށް އަމާޒުކޮށްގެން، އުފައްދާފައިވާ ކުޑަފަރީ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތަށް ރަސްމީކޮށް 2024 ޑިސެންބަރު 15 ވާ އާދިއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެކަޑަމީ ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ދާނީ ތިރީގައިވާ ތާވާލާއި އެއްގޮތަށެވެ.
ގަޑި |
ގުރޭޑު |
ތާރީޙް |
ހެނދުނު 06:00 |
ގުރޭޑު 1 ފެށިގެން 6 ދަރިވަރުން |
2024 ޑިސެންބަރު 15، އާދިއްތަ |
ހަވީރު 16:15 |
ގުރޭޑު 7 ފެށިގެން 10 ގެ ދަރިވަރުން، އެލްކޭޖީ އަދި ޔޫކޭޖީ ގެ ދަރިވަރުން |
2024 ޑިސެންބަރު 15 ވަނަ ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި އެކަޑަމީގެ ހަރަކާތްތަށް ކުރިއަށް ދާނީ އެކަޑަމީގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ކައުންސިލުން 2024 ޑިސެންބަރު 09 ވަނަ ދުވަހު ކުރި ނަންބަރު (I)288/2024/108 އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ތާވަލާއި އެއްގޮތަށެވެ.
ވީމާ، ހުރިހާ ދަރިވަރުންވެސް އެކަޑަމީގެ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ޖާޒީ އާއެކު އެކަޑަމީ ފެށުމުގެ ހަފްލާއަށް ދަރިވަރު އަދި ބެލެނިވެރިޔާ ހާޒިރުވުން އެދި ދައުވަތު އެރުވީމެވެ. އެކަޑަމީގައި އަލަށް ބައިވެރިވާން އެދޭ ކުދިން އެކަޑަމީގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދިދެންނެވީމެވެ. ފޯމް މި އިދާރާގެ ވެބްސައިޓް އަދި މިއިދާރާން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓު: 16 އަހަރު ފުރިފާ ވީނަމަވެސް ސްކޫލު ދަރިވަރެއްނަމަ އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން ބެލެނިވެރިންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.