ދިވެހިރާއްޖެ
ގދ.ފަރެސްމާތޮޑާއިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކުރުމަށްޓަކައި 25 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދި ދެންނެވީމެވެ.
އެގްރިމެންޓްގައި ސޮއިކުރުމަށް ވަޑައިގަންނަވާއިރު، ގޯތީގެ ރަޖިސްޓަރީ ހެދުމަށް ބޭނުންވާ ފޯމު ފުރިހަމަކޮށް، ގޯއްޗަށް ކިޔާނެ ނަމެއް ފޯމުގައި ހިމެނުން އެދެމެވެ. މި ފޯމު ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ގޯތި ލިބުނު ފަރާތުން އެގްރީމަންޓުގައި ސޮއި ކުރުމަށް ހާޟިރު ނުވެވޭނަމަ، އެގްރީމަންޓުގައި ސޮއި ކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތާއެކު، ރަސްމީ އިދާރާ (ލޯ ފަރމް އެއް ނުވަތަ ޝަރުޢީ ކޯޓެއް) އެއްގައި ރަޖިސްޓަރީކޮށްފައިވާ ޕަވަރ އޮފް އެޓަރނީއެއް ފޮނުވަން ވާނެއެވެ. މީގެއިތުރުން ގޯތި ލިބުނު އެއްވެސް ފަރާތެއް އެގްރިމެންޓްގައި ސޮއިކުރަން ހާޟިރު ނުވެއްޖެނަމަ އެފަރާތްތަކަށް ދެން ގޯތި ޙަވާލުކުރެވޭނީ ކައުންސިލް އިދާރާއިން ކަނޑައަޅާ ދުވަހެއްގައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.