ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ޤިރާއަތު ސެޓްފިކެޓް 1، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފީގައި ފެށުމަށް

          ޤިރާއަތު ސެޓްފިކެޓް 1، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލަކު ގޮފީ ގައި 2025 ވަނަ އަހަރުގެ 1 ވަނަ ސެމިސްޓަރގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

  • ހަވީރު 16:00 އިން 18:00 އަށް: 20 ޖާގަ
  • ރޭގަނޑު 20:00 އިން 22:00 އަށް: 20 ޖާގަ

ޝަރުޠު:

  1. ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން) ނުވަތަ ޢުމުރުން 16 އަހަރު ފުރިފައިވުން.
  2. ލިޔަން ކިޔަން އެނގުން.
  3. މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

ކޯހުގެ މުއްދަތު

8 ހަފްތާ

       މި ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ކޯހަށް ވަނުމަށް އެދޭ ފޯމާއެކު ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް އަދި އައި.ޑީކާޑު ކޮޕީ، 25 ޑިސެމްބަރ 2024 ގެ 13:30 ގެ ކުރިން މިމަރުކަޒުގެ ފުވައްމުލަކު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ. މެއިލްކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން، މަރުކަޒުގެ ފުވައްމުލަކު ގޮފިން އަދި މަރުކަޒުގެ ވެބްސައިޓުން (ކޯސްތަކަށް ވަނުމަށްއެދޭ ފޯމް) ލިބެން ހުންނާނެއެވެ. ބަސްދީގަތުން ބޭއްވޭނެ ތާރީޚު ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

12 ޑިސެންބަރު 2024
ހޯދާ