| މަޤާމް: | އެޑްވޮކޭޓަރ– ޕަބްލިކް އެޑްމިނިސްޓްރޭޝަން | 
| ބޭނުންވާ ޢަދަދު: | 01 | 
| މަޤާމުގެ ކްލެސިފިކޭޝަން: | އެސިސްޓެންޓް ޑިރެކްޓަރ | 
| މަޤާމުގެ ރޭންކް: | އެމް.އެސް 3 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| ވަޒިފާއަދާ ކުރަންޖެހޭ ތަން: | ޓްރެއިނިންގ އެންޑް އެޑްވޮކަސީ ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ | 
| އަސާސީ މުސާރަ: | 7,035.00ރ | 
| ސަރވިސް އެލަވަންސް: | 2,000.00 ރ | 
| އެހެނިހެން އެލަވަންސް: | އެކްސްކްލޫސިވް ޖޮބް އެލަވަންސް: | އަސާސީ މުސާރައިގެ %50 (ތިރީސް ފަސް އިންސައްތަ) | 
| ލިވިންގ އެލަވަންސް: | 4,000.00ރ (ޕްރޮބޭޝަނަށް ފަހު) | 
| ހާޒިރީ އެލަވަންސް: | 200ރ (ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް) | 
| ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | 
| މަޤާމުގެ އަސާސީ ޝަރުތު: | 1)  މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެތަޖުރިބާ ލިބިފައިވުން. ނުވަތަ 2)  މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3)  މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| އެހެނިހެން މަޢުލޫމާތު: | މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާތައް: 
ހިންގުމުގެ ދާއިރާ ރިސާރޗްކުރުމުގެ ދާއިރާކިޔަވައިދިނުމާއިގުޅޭ ދާއިރާތައް ތަޢުލީމީ ރޮނގުތައް: 
ގަވަރނަންސްސޯޝަލް ސައިންސް ޕޮލިޓިކަލް ސައިންސް އެޕްލައިޑް ސައިންސްމެނޭޖްމެންޓްކޮމިއުނިކޭޝަންޓީޗިންގއެޑްމިނިސްޓްރޭޝަންއެކައުންޓިންގ އެންޑް ފައިނޭންސް  
މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 9 ގެ ސަނަދެވެ. އަދި ލެވެލް 10 ން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ. މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑުއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |   
ސެކްޝަނުން ކުރިޔަށް އޮތް އަހަރު ހިންގުމަށް ކަނޑައަޅާ ޕްރޮގްރާމްތަކަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި ޕްރޮގްރާމް ކަލަންޑަރ ސެކްޝަން ހެޑްގެ ލަފާގެ މަތިން  އެކުލަވާލުން.ކައުންސިލްތަކުގައި ފަންނީ ޤާބިލްކަން ހުރި މިންވަރު ބެލުމަށް ކުރެވޭ ދިރާސާތަކަށް ރިޢާޔަތްކޮށް ކައުންސިލްތަކަށް ދޭންޖެހޭ ތަމްރީންތައް ދިނުމަށް ބޭނުންވާ  ޓްރޭނިންގ މެޓީރިއަލްސް ސެކްޝަން ހެޑްގެ ލަފާގެ މަތިން  ތައްޔާރުކޮށް ޓްރެއިނިންގތައް ކައުސިލްތަކަށް ދިނުން.އަލަށް އިންތިޚާބުކުރެވޭ ކައުންސިލަރުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ބޭނުންވާ މަޢުލޫމާތު ސެޝަންތަކާއި ކައުންސިލަށް ލަފާދޭ ކޮމިޓީތަކުގެ މެމްބަރުންނަށް ބެނުންވާ މައުލޫމާތު ސެޝަންތައް ސެކްޝަން ހެޑްގެ ލަފާމަތިން ދިނުން.ކައުންސިލްތައް މޮނިޓަރކޮށް އެއްކުރެވޭ މަޢުލޫމާތުތައް ދިރާސާކުރުމާއި އެކަންކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ޓްރޭނިންގތައް ސެކްޝަން ހެޑްގެ ލަފާމަތިން އެކުލަވާލާ ހިންގުން.ކައުންސިލްތަކުގެ އާމްދަނީއާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް ފުޅާކުރުމަށްޓަކައި ބޭނުންވާ ތަމްރީނާއި ހުނަރު ސެކްޝަން ހެޑްގެ ލަފާމަތިން ފޯރުކޮށްދިނުން.ކައުންސިލްތަކުގައި ފަންނީ ޤާބިލްކަން ހުރި މިންވަރު ބެލުމަށް ކުރެވޭ ދިރާސާތަކަށް ރިޢާޔަތްކޮށް ކައުންސިލްތަކަށް ދޭންޖެހޭ ތަމްރީންތައް ދިނުމާއި އެކަމަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލްސް ތައްޔާރުކުރުންއަލަށް އިންތިޚާބުކުރެވޭ ކައުންސިލަރުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ބޭނުންވާ މަޢުލޫމާތު ސެޝަންތައް ހިންގުމާއި ކައުންސިލަށް ލަފާދޭ ކޮމިޓީތަކުގެ މެމްބަރުންނަށް ބެނުންވާ މައުލޫމާތު ސެޝަންތައް ހިންގުން.ޓްރޭނިންގ އެންޑް އެޑްވޮކެސީ ސެކްޝަނުން ކުރާ ދަތުރުތަކުގެ ދަތުރު ރިޕޯޓް ތައްޔާރުކުރުން.ޕަބްލިކް އެޑްމިނިސްޓްރޭޝަން (އިދާރީ ހިންގުން) ގެ ދާއިރާއިން ކައުންސިލްތަކުން އެދި ހުށަހަޅާ ތަފާތު ތަމްރީންތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ހިންގުމާއި، ތަމްރީންތަކަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރުން.ޕަބްލިކް އެޑްމިނިސްޓްރޭޝަން (އިދާރީ ހިންގުން) ގެ ދާއިރާއިން އެކިއެކި މުވައްސަސާތަކުން އެދޭ ލާމަރުކަޒީ ނިޒާމާއި ގުޅުންހުރި ތަމްރީން ޕްރޮގްރާމްތައް ކައުންސިލްތަކަށް ސެކްޝަން ހެޑްގެ ލަފާގެ މަތިން ހިންގާދިނުން.ޕަބްލިކް އެޑްމިނިސްޓްރޭޝަން (އިދާރީ ހިންގުން) ގެ ދާއިރާއިން ޓްރޭނިންގ ރިކުއަރމެންޓްތަކަށް ބޭނުންވާ ކޯސްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން  ފަރުމާ ކުރުމާއި މުޤައްރަރުތައް އެކުލަވާލުމާއި އެމްކިއުއޭ އަށް ހުށަހަޅައިގެން ޓްރޭނިންގ ތައް އެކްރެޑިޓް ކުރުމަށް އެހީތެރިވުމާއި، ޓްރޭނިންގ އަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމުގެ ކަންކަން ކުރުން.ޕަބްލިކް އެޑްމިނިސްޓްރޭޝަން (އިދާރީ ހިންގުން) ގެ ދާއިރާއިން ސެކްޝަނުން ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕް އަދި ސެމިނަރ ފަދަ ހަރަކާތް ތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި އެހެނިހެން ތަމްރީންތަކުގެ ރެކޯޑް ބެލެހެއްޓުމަށް އެހީތެރިވުން.ޓްރޭނިންގ ތަކުގެ ލޮޖިސްޓިކް ކަންކަން އެހެނިހެން ސެކްޝަންތަކާއި ގުޅިގެން ކުރިޔަށް ގެންދިއުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމުވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ ނޯޓް: 
ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއިއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ. | 
| މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް: | 
މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ. 
ތަޢުލީމާއި ތަމްރީން: %40މަސައްކަތު ތަޖުރިބާ: % 12ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48 
މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | 
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޑިސެމްބަރ 2024 ވާ ޢާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު: | 
ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއިއެވެ.ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ. |