މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅުމާލެ ސަހަރާގެ ހިނަވާގޭގެ އިރުމަތީ ފަރާތު ސަރަޙައްދުގައި ހުރި މަހާނަ ގާތައް ނެގުމާގުޅޭ
އިޢުލާނު
ހުޅުމާލެ ސަހަރާގެ ހިނަވާގޭގެ އިރުމަތީ ފަރާތު ސަރަޙައްދުގައި ހުރި މަހާނަ ގާތައް ނެގުމާގުޅޭ
ހުޅުމާލެ ސަހަރާ ހިނަވާ ގޭގެ އިރުމަތީ ފަރާތުގައި ގަބުރު ވަޅުލާފައި އޮންނަ ބަޔަށް ވެލިއަޅަން ބޭނުންވާތީ މި ސަރަޙައްދުގައި ހުރި މަހާނަ ގާތައް ނަގަން ބޭނުންވެއެވެ.
ވީމާ، މިދެންނެވި ސަރަޙައްދުގައި ހުރި މަހާނަ ގާތަށް ޖަހާފައިވާ ފަރާތްތަކުން އެ ގާތަށް ނަގައިގެން ގެންދަން ބޭނުންވާނަމަ އެފަދަ ފަރާތްތަކުން، މި އިދާރާއާ ގުޅައިގެން، 19 ޑިސެމްބަރ 2024 ގެ ކުރިން އެ މަހާނަ ގާތަށް ނަގައިގެން ގެންދިއުމަށާއި އެ މުއްދަތުގައި ނުގެންދާ މަހާނަ ގާތަށް މި އިދާރާގެ ފަރާތުން ނެގުމަށްފަހު އެ ގާތަށް ނައްތާލެވޭނެ ވާހަކަ އަންގާ އިޢުލާނު ކުރީމެވެ.
މަހާނަ ގާތަށް ނަގަން ބޭނުންވާ ފަރާތްތަކުން ގުޅާނީ ނަންބަރ 7981730 ފޯނަށެވެ.
12 ޑިސެންބަރު 2024
ހޯދާ