ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2024/109

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސަރ، ކޮމިއުނިކޭޝަން އެންޑް މީޑިއާ

ޑިޕާޓްމަންޓް/ސެކްސަން:

ކޯޕަރޭޓް އެފެއާރސް އެންޑް ޕީ.އާރް

ބޭނުންވާ އަދަދު:

01

ޝަރުތުތައް:

-        ޑިޕްލޮމާ އިން ގްރެފިކް ޑިޒައިން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން  ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން

-        ޑިޒައިން ކުރުމާއި ކޮންޓެންޓް ހެދުމާއި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން

-        މައިކްރޯސޮފްޓް އޮފީސް، ފޮޓޯ އަދި ވީޑިއޯ އެޑިޓިން ސޮފްޓްވެއާތަކުގެ ތެރެއިން އެޑޯބް، އިލަސްޓްރޭޓަރ އަދި ފޮޓޯޝޮޕް ފަދަ ސޮފްޓްވެއާ ތަކުގައި މަސައްކަތް ކުރަން ފަރިތަކަމާއެކު އެނގުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ވެބްސައިޓާއި ސޯޝަލް މީޑިއާއަށް ކޮންޓެންޓް ހެދުން

- އިވެންޓްތައް އިންތިޒާމުކުރުމާއި ރޭވުމުގައި އެހީތެރިވެދިނުން

- ކުންފުނިން ހިންގާ އަދި ބައިވެރިވާ އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ/ވީޑިއޯ ނެގުން

- މާޗަންޑައިޒް ސްޓޮކް ބެލެހެއްޓުން

- ޕަބްލިކް ރިލޭޝަންސްގެ މަސައްކަތްތައް ބެލެހެއްޓުން

- ކޯޕަރޭޓް އެފެއާރސްގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 16 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

11 ޑިސެމްބަރ 2024

11 ޑިސެންބަރު 2024
ހޯދާ