ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސުޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސުޕަވައިޒަރ

ވަޒީފާގެ ދާއިރާ:

ވޯޓަރ، ސްވަރެޖް އެންޑް ވޭސްޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/9,020ރ އާއި -/14,010ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ  މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ރަށްތަކުގެ ފެނާއި ނަރުދަމާ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންކުރެވޭ ފެނުގެ ސިސްޓަމްތައް ރަނގަޅަށް މަސައްކަތްކުރާކަން ކަށަވަރު ކުރުމަށްޓަކައި ޤަވާޢިދުން ޕްރިވެންޓިވް މެއިންޓެނަންސް އިންސްޕެކްޝަންތައް ހެދުން
  • ރަށްތަކުގެ ފެނާއި ނަރުދަމާ ނިޒާމާއި ގުޅުންހުރި  އިލެކްޓްރިކަލް އަދި މެކޭނިކަލް މަސައްކަތްތައް ކުރިއަށްދާގޮތް ޤަވާއިދުން ޗެކްކޮށް، ބަލަހައްޓަމުން ގެންދިއުން.
  • ޑިޕާޓްމަންޓުގެ ވޯކްޝޮޕްގައި ކުރެވޭ އިލެކްޓްރިކަލް އަދި މެކޭނިކަލް މަސައްކަތްތައް އިންތިޒާމުކޮށް، ބޭނުންވާ އިރުޝާދުތައް ދިނުމާއެކު ޢަމަލީގޮތުން ބައިވެރިވުން.
  • ފެނުގެ ނިޒާމުގެ  RO ޕްލާންޓް އަދި ޑިސްޓްރިބިއުޝަން ޕަންޕު ސިސްޓަމް ޑިޒައިން އަދި ފެބްރިކޭޝަންގެ މަސައްކަތްތައް ކުރުން.
  • ރަށްރަށުގައި އޮޕަރޭޓްކުރާ ފެނާއި ނަރުދަމާ ސިސްޓަމްތަކުގައި ދިމާވާ މައްސަލަތައް އެރަށެއްގައި ތިބި މުވައްޒަފުންނަށް ޙައްލުނުކުރެވޭ ހާލަތްތަކުގައި އެރަށްރަށަށް ދަތުރުކޮށް ޙައްލުކުރުން.
  • RO ޕްލާންޓުގެ މެއިންޓަނަންސް ރިޕޯޓްތައް ތައްޔާރުކުރުން.
  • ފެނުގެ ސިސްޓަމްތަކުގެ މަރާމާތުކުރުމުގެ މަސައްކަތްތައް ރާވާއި ހިންގުން.
  • ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ކަނެކްޝަންތައް ހެދުމަށާއި މެއިންޓެނަންސް މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ޓެކްނިކަލް ޑޮކިއުމަންޓްސްތައް ތައްޔާރު ކުރުން.
  • ރަށްތަކުގައި އާއި މާލޭގައި ޑިޕާޓްމަންޓްގެ ފަރާތުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ޙަރަކާތްތެރިވުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

15 ޑިސެންބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 15 ޑިސެންބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.

10 ޖުމާދަލްއާޙިރާ 1446

11 ޑިސެންބަރު 2024

11 ޑިސެންބަރު 2024
ހޯދާ