މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މަރުކަޒުތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

އިޢުލާނު

މަރުކަޒުތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުން

        1446 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައާއި މަސްޖިދު މަލިކި ސަލްމާން ގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާ ފަރާތްތަކަކީ ދިވެހި ޙާފިޡުން ކަމުގައި ހެދުމަށާއި އެކަމަށް އެންމެ ޤާބިލް ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.

        އަދި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައާއި މަސްޖިދު މަލިކި ސަލްމާން ގައި ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ މެދުގައި ޓެސްޓެއް ބޭއްވޭނެއެވެ. އެއަށްފަހު ޙިފްޡު އެންމެ ރަނގަޅު 04 ފަރާތެއް ކަނޑައެޅިގެންދާނެއެވެ.

        ވީމާ 1446 ވަނަ އަހަރު ރަމަޟާން މަހު މަރުކަޒުތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ދިވެހި ޙާފިޡުންނަށް ކަނޑައެޅިފައިވާ ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބޭނެއެވެ. އެ ފޯމުފުރިހަމަކޮށް ލިޔުންތަކާއެކު 2025 ފެބުރުވަރީ 16 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މި މިނިސްޓްރީ އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

 އުޖޫރަ (އެލަވަންސް):

        ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާ ކޮންމެ ރެޔަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ މަގުންނެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި 02 ޙާފިޡުންނަށެވެ.

10 ޖުމާދަލްއާޚިރާ 1446

11 ޑިސެންބަރު  2024

 

11 ޑިސެންބަރު 2024
ހޯދާ