ދިވެހިރާއްޖެ
މިމަދަރުސާއަށް ތިރީގައި ބަޔާންކުރާ ސްޕެސިފިކޭޝަންގެ 12 އެއަރ ކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިތަކެތި ވިއްކުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 16 ޑިސެމްބަރ 2024 ވަނަދުވަހުގެ 13:00 ގެ ކުރިން، ވިއްކުމަށް ހުށަހަޅާތަކެތީގެ އަގާއި ސަޕްލައިކުރެވޭނެ މުއްދަތު ހިމެނޭހެން ކޮޓޭޝަން މިމަދަރުސާއަށް މެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ: [email protected] އަށެވެ.
- އެއަރ ކޮންޑިޝަން (24000 ބީޓީޔޫ) އިންވާރޓަރ / ވޯލްމައުންޓް
- އަދަދު: 12
އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
- މަތީގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންގެ ހުރިހާ އައިޓަމްތަކަށް އަގު ހުށަހަޅަންވާނެއެވެ.
- ކޮޓޭޝަން ހުށަހަޅަންވާނީ ރޭޓް އަދި ޖުމްލަ އަގު އެނގޭގޮތައް ޖީއެސްޓީ ހިމަނައިގެންނެވެ.
ހުށަހަޅަންޖެހޭ ތަކެތި
- ކޯޓޭޝަން (ތަކެތީގެއަގު ޖީއެސްޓީ ހިމަނައިގެން)
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ
އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
90 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
2 |
މުއްދަތު |
10 |
އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް |
މި ޚިދުމަތް ދިނުމަށް އެދި ކޯޓޭޝަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600034 ނަންބަރު ފޯނާއެވެ.
11 ޑިސެމްބަރ 2024