ދިވެހިރާއްޖެ
ބަނދަރުމަތީ ރުއްގަނޑު ވަރުވާއަށް ދޫކުރުމާ ގުޅޭ
މިރަށު ބަނދަރުމަތީ ރުއްގަނޑު 5 އަހަރަށް ވަރުވާއަށް ދިނުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިރުއްގަނޑު ވަރުވާއަށް ދޫކުރުމަށް ނިންމާފައިވަނީ ރުއްގަނޑު ވަރުވާއަށް ހިފުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެއް އަގެއް ހުށަހަޅާފައިވާނަމަ، ރުއްގަނޑު ޙަވާލުކުރާނެ ފަރާތެއް ހޮވާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
- 1. މުއްދަތު: 5 އަހަރު
- 2. ވަރުވާއަށް ދޫކުރެވޭނެ އެންމެ ކުޑަ އަގު: -/100 ރުފިޔާ
- 3. މަސައްކަތުގެ ތަފުޞީލު: ޙަވާލުވާ ސަރަހައްދު ކުނިކެހުމާއި، ކުނިއުކުމާއި، ރުއްތަކުން ފަންވެއްޓޭ ހިސާބަށް އެތަން ސާފުތާހިރުކޮށް ބެލެހެއްޓުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- 4. ހުށަހަޅަންޖެހޭ ތަކެތި
6.1 އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ފޯމް
6.2 އައިޑީ ކާޑުގެ 2 ފުށުގެ ސާފު ކޮޕީ
7. ފޯމު ހުށަހެޅުން:
7.1 ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް
7.2 ތާރީޚް: 17 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 11:00
7.3 ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީއާއި އެކަމަށް އެދޭ ސިޓީ ހުށައަޅަން ވާނެއެވެ. އަދި، ފޯމު ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.
8. ސިޓީއުރަ ކެނޑުން އޮންނާނީ މިކަމަށް އެދި ފޯމު ހުށައަޅާ ހުރިހާ ބޭފުޅުންގެ ހާޒިރުގައެވެ.
10 ޖުމާދަލްއާޚިރާ 1446 ހ