ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
2025 ވަނަ އަހަރު ހަބަޝީ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ބެހޭ.
                                2025 ވަނަ އަހަރު ހަބަޝީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވެލައްވާ ބޭފުޅުންނަށް ތިރީގައި ދަންނަވާފައިވާ ޢުމުރު ފުރާތަކަށް، ހަބަޝީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ދޫކުރުން 15 ޑިސެންބަރ 2024ން ފެށިގެން ފުރުޞަތު ހުޅުވާލާފީމެވެ.
ވީމާ، ހަބަޝީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކުރެންދޫ ކައުންސިލްގެ އިދާރާއިން ފޯމް ނަންގަވައި ފޯމް ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 27 ފެބުރުވަރީ 2025 ވާ (ބުރާސްފަތި) ދުވަސް ކަމަށްވާތީ، އެދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
| # | ގްރޭޑް | 2025 ވަނަ އަހަރު ގްރޭޑަށް ވަދެވޭ ޢުމުރު ފުރާ | 
| 01 | ނާސަރީ | 3އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން | 
| 02 | ބޭބީ ނާސަރީ | 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން | 
             10 ޑިސެންބަރު 2024
            
        
                    ހޯދާ  
                
                 
                    