ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގެ ލޯންޑްރީ އެސިސްޓެންޓްގެ މަޤާމަށް މުވައްޒަފަކު ބޭނުންވެގެން 28 ޖޫން 2015 ގައި ކުރެވުނު A6-SM/2015/03 ނަންބަރުގެ އިޢްލާނަށް އިޞްލާޙެއް ގެންނަން ޖެހުމުގެ ސަބަބުން، އެ އިޢުލާން ބާޠިލްކޮށްފައި އަލުން އިޢުލާންކުރީމެވެ.
މަޤާމް |
ލޯންޑްރީ އެސިސްޓެންޓް |
||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: އެސް.އެސް. 1 |
މުސާރަ |
މަހަކު -/3100 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1000 ރުފިޔާ |
||
ތަޢުލީމާއި ތަޖުރިބާ |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން. |
||
މަސައްކަތް ކުރަންޖެހޭތަން |
ހއ ހޯރަފުށީ ޞިއްޙީމަރުކަޒު |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
||
ޢިނާޔަތްތައް |
ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ޑިއުޓީ އުސޫލުން މަސައްކަތް ކުރާނަމަ، ޑިއުޓީ އެލަވަންސް ފައިސާ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||
ސުންގަޑި |
2015 ޖުލައި 16 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ހއ ހޯރަފުށީ ޞިއްޙީ މަރުކަޒަށް. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން |
2015 ވަނަ އަހަރުގެ ޖުލައިމަހު ހއ ހޯރަފުށީ ޞިއްޙީ މަރުކަޒުގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު |
- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6500064 ނަންބަރު ފޯނެވެ. - ވަޒީފާއަށް އެދޭ ފޯމް ސިވިލް ސަރވިސްގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހޯރަފުށީ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ވެސް ފޯމު ލިބެން ހުންނާނެއެވެ. |
||
19 ރަމަޟާން 1436 |