ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރު ބެލެހެއްޓުމާއި ބެހޭ ގަވާއިދު

         ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދު ވަނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 170 ވަނަ ރަސްމީ އާންމު ޖަލްސާއިން ފާސްކޮށްފައެވެ.

ވީމާ، މިއަދުން ފެށިގެން ގަވާއިދު ނަންބަރު R-145/2013  (ބަނދަރު ބެލެހެއްޓުމާއިބެހޭ ގަވާއިދު ހއ.އިހަވަންދޫ) އުވުނީއެވެ. އަދި 1 ފެބުރުވަރީ 2025 އިން ފެށިގެން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރު ބެލެހެއްޓުމާއި ބެހޭ ގަވާއިދު ތަންފީޒުކުރަން ފަށާނެކަމުގައި ދަންނަވަމެވެ. އެހެންކަމުން، ދެވިފައިވާ ދޮޅުމަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރު ބެލެހެއްޓުމާއި ބެހޭ ގަވާއިދާއި އެއްގޮތަށް، މިހާރު ބަނދަރުގައި އަޅާފައިވާ އުޅަނދުތައް ބަދަލުކުރުމަށް ދެންނެވީމެވެ.

         މި އިޢުލާނާއި އެކު "ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރު ބެލެހެއްޓުމާއި ބެހޭ ގަވާއިދު'' އާންމުކުރީމެވެ.  

         މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

10 ޑިސެންބަރު 2024
ހޯދާ