މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 4 ދިވެހި މަސައްކަތު މީހުން ހޯދުމާއި ގުޅޭ:

ނަންބަރު: (IUL)307/INDIV/2024/99

 

އިޢުލާން

ކައުންސިލުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 4 ދިވެހި މަސައްކަތު މީހުން ހޯދުމާއި ގުޅޭ:

މިކައުންސިލުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން 4 ލޭބަރުން (ދިވެހިން) ހޯދަން ބޭނުންވެއްޖެއެވެ. މިގޮތުގެ މަތިން ނެގޭ ލޭބަރުން، ކައުންސިލުން އަންގާ ގޮތެއްގެ މަތިން، ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް ތިރީގައި މިވަނީއެވެ؛

  1. ރަށުގެ ކުނިކޮށި ބެލެހެއްޓުން.
  2. ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި އެންމެހާ ބިންތައް ބެލެހެއްޓުން.
  3. ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
  4. ކުނި މެނޭޖްކުރުމުގެ ގޮތުން ގޭބިސީތަކުންނެގޭ ކުނި، ކުނިކޮށްޓަށް ގެނައުމުގެ މަސައްކަތްކުރުން.
  5. ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި ދަނޑުތަކާއި ކުޅިވަރު ބިންތައް ބެލެހެއްޓުން.
  6. ރަށުގެ އިޖުތިމާއީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
  7. މަސައަކަތު ދާއިރާއާއި ގުޅޭ ގޮތުން ކައުންސިލުން ހަވާލުކުރާ އެހެނިހެން މަސައްކަތްތަކާއި ކައުންސިލުން ރާވާ ހިންގާ އެންމެހާ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.

މަސައްކަތް ކުރަންޖެހޭ ވަގުތު:  ކައުންސިލުން އަންގާ ތާވަލަކާއި އެއްގޮތަށް ހަފްތާއަކު 5 ދުވަހު، ދުވާލަކު 8 ގަޑިއިރު.

އުޖޫރަ:  7,000.00 (ހަތްހާސް ރުފިޔާ)، ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޝަރުތު:  ލިޔަންކިޔަން އެނގުމާއެކު މަތީގައިވާ މަސައްކަތްތައް ކުރެވޭފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން.

މުއްދަތު: 1 އަހަރު (ކައުންސިލުން ބޭނުންވެއްޖެނަމަ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ).

 

     ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން،  19 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ސިޓީ ހުށައެޅުއްވުން އެދެމެވެ. ސިޓީއާއެކު ތިރީގައިމިވާ ލިޔެކިއުންތައް ހިމަނަންވާނެއެވެ؛

  1. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ،
  2. ލިބިފައިވާ ތަމްރީނާއި ތަޖުރިބާގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ،
  4. ހުށައަޅާ ފަރާތުގެ ވަނަވަރު.

 

 

 

 

މިކަމާއި ގުޅިގެން އިތުރުމަޢުލޫމާތު ހޯއްދެވުމަށް، ކައުންސިލްގެ ނަންބަރު 6580052 ނުވަތަ 9122102 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 10 ޑިސެމްބަރ 2024

 

 

 

 

 

 

10 ޑިސެންބަރު 2024
ހޯދާ