ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ލ. މުންޑޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ. އަދި މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް މި ޞިއްޙީ މަރުކަޒުން 10 ޖޫން 2015 ގައި ކުރި IUL)O.4-HC-A/2015/01) ނަންބަރުގެ އިއުލާނުގައި، ބޭނުންވާ މަޤާމު ނޫން އެހެން މަޤާމެއްގެ ނަން ޖެހިފައިވާތީ، އެ އިޢުލާނު ވަނީ ބާޠިލް ކުރެވިފައެވެ.
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: GS3 |
މުސާރަ |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
||
ޑިވިޜަން/ ސެކްޝަން |
އެޗް. އާރު އެންޑް އެޑްމިން |
||
ވަޒީފާ އަދާ ކުރަންޖެހޭ ތަން |
ލ. މުންޑޫ ޞިއްޙީ މަރުކަޒު |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
އިދާރީ މަސައްކަތްތައް ކުރުން. މިގޮތުން، އެންމެހައި ލިޔެކިޔުންތައް އެންޓްރީކުރުމާއި، އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، އެޗް. އާރު މަސައްކަތްތައްކޮށް، މުސާރައާއި، ފައިސާއާ ގުޅުންހުރި އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން. |
||
ތަޢުލީމާއި ތަޖުރިބާ |
|
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
||
ޢިނާޔަތްތައް |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
||
ސުންގަޑި |
2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޞިއްޙީ މަރުކަޒުގެ އޮފީހަށް. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2015 ވަނަ އަހަރުގެ ޖުލައިމަހުގައި، މުންޑޫ ޞިއްޙީމަރުކަޒުގެ އޮފީހުގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 6800793 އެވެ. |
19 ރަމަޟާން 1436