ދިވެހިރާއްޖެ
އިޢުލާން ނަންބަރު:FNK-I/IUL/2024/391
އިޢުލާން
ބ. ތުޅާދޫގައި 2 ޓްރާންސްފޯމަރ ހަޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތު ކަރުދާހާއި، ކުރެހުމާއި، ބީ.އޯ.ކިޔު އަދި ސްޕެސިފިކޭޝަނާއި އެއްގޮތަށް ބ. ތުޅާދޫގައި 2 ޓްރާންސްފޯމަރު ހަޓު އެޅުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
|
ތާރީޚް |
ވަގުތު |
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
10 އިން 19 ޑިސެމްބަރު 2024 އަށް |
08:00 އިން 15:00 |
ޕްރީ ބިޑް މީޓިންގ |
15 ޑިސެމްބަރު 2024 |
11:00 ހެނދުނު |
މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން) |
18 ޑިސެމްބަރު 2024 |
15:00 މެންދުރު |
އަންދާސީ ހިސާބު ހުށަހެޅުން |
22 ޑިސެމްބަރު 2024 |
11:00 ހެނދުނު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ރަޖިސްޓްރީ ކުރުން
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
-އިޢުލާން ނަންބަރ (އީ-މެއިލްގެ ސަބްޖެކްޓު ގޮތުގައި އިޢުލާން ނަމްބަރު ބަޔާންކުރެވިފައިވާންވާނެއެވެ.)
-ކުންފުނީގެ ނަން
-ނަމާއި ފޯނު ނަންބަރ
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލްއަށް، އީމެއިލް ކުރާ ދުވަހު ބީ.އޯ.ކިއު އަދި ގުޅުންހުރި ލިޔެކިޔުންތައް ފޮނުވޭނެއެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ޕްރީ-ބިޑް މީޓިންގ
ޕްރީ-ބިޑް މީޓީންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ. ޕްރީ-ބިޑް މީޓިންގ އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ މި ކުންފުނީގެ ބ. ތުޅާދޫ ބްރާންޗަށެވެ.
ނޯޓު: ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.