އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސި އިންތިޚާބުގައި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން

އިޢުލާން

 

2013 ސެޕްޓެމްބަރ 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.

 

              
  

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

  
  

ވޯޓުލާ ސަރަހައްދު

  
  

ވޯޓުފޮށީގެ ނަން

  
  

ވޯޓުފޮށީގެ ނަންބަރު

  
  

#

  

ކ. ތިލަފުށި

ސެކްޓަރ 3 ގެ ޕްލޮޓް ނަންބަރ S3041 (M9)

މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި   މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް   ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ތިލަފުށި -1

V01.1.1

1

ޅ. ފެލިވަރު

އެކުވެނި

މި ފޮށްޓަށް ވޯޓުލާނީ ފެލިވަރު   ފިޝަރީޒް މޯލްޑިވްސްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި   ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ފެލިވަރު-1

V02.1.1

2

ގއ. ކޫއްޑޫ

ކޯލްޑް ސްޓޯރ އޭރިއަރ

މި ފޮށްޓަށް ވޯޓުލާނީ ކޫއްޑޫ ގައި   މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް   ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ކޫއްޑޫ-1

V03.1.1

3

އައްޑޫ ސިޓީ، ގަން

ޒުވާނުންގެ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ އައްޑޫ   އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން   މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ގަން-1

V04.1.1

4

ހުޅުލެ

 އެއަރޕޯޓް ރިކްރިއޭޝަން ސެންޓަރ (އޭ.އާރް.ސީ)

މި ފޮށްޓަށް ވޯޓުލާނީ އިބްރާހިމް   ނާޞިރް އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ   ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުލެ-1

V05.1.1

5

 

ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ސިނާއީ މަސައްކަތްކުރާ ރަށްރަށުގެ ތެރެއިން  އެ ރަށެއްގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރަށެއްގައި ވޯޓުލުމަށް މަދުވެގެން 50 (ފަންސާސް) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާންގައިވާ ސިނާއީ މަސައްކަތްކުރާ ރަށެއްގައި 50 (ފަންސާސް) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާނަމަ، އެ ރަށެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެކަންވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަންވެސް އެންގީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

14 ޝަޢުބާން 1434

23 ޖޫން 2013
ހޯދާ