ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

      ވަޒީފާގެ ފުރުޞަތު

ނަންބަރު:(IUL)195-A-HR/195/2024/48 

ތާރީޚް: 10 ޑިސެންބަރު 2024

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

ރޭންކް

ޖީ.އެސް 3

ބޭނުންވާ ޢަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

ޑިޕާޓްމަންޓް/ސެކްޝަން

ކޯޕަރޭޓް އެންޑް ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް / ޖެނެރަލް އެޑްމިން އެންޑް ޕްރޮކިއުމަންޓް ސެކްޝަން

އަސާސީ މުސާރަ

-/6,611 ރުފިޔާ

އެލަވަންސާއި އިތުރު ގަޑި

-    ލިވިންގ އެލަވަންސް : -/3,000 ރުފިޔާ

-     ނޮން ޕްރެކްޓިސް އެލަވަންސް )އަސާސީ މުސާރައިގެ %50 3,305/50 :(ރުފިޔާ

-     ހާޒިރީ އެލަވަންސް (ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން)100/-  ރުފިޔާ

-     އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ.

އަސާސީ ޝަރުޠު

 

  1. އޯ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ތިން (3) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
  2. އޭ.ލެވެލް އިމްތިޙާނުން 'އިނގިރޭސި' އާއެކު އިތުރު ދެ (2) މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، އެސް.އެސް.ސީ. އިމްތިޙާނުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން 'ދިވެހި' އަދި 'އިސްލާމް' މި ދެ (2) މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން ނުވަތަ،
  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދަކާއެކު ޖީ.އެސް 2 ނުވަތަ އެއަށްވުރެ މަތީ  ރޭންކެއްގެ މަޤާމެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަނުގެ ސްޓޮކަށް ހޯދަންޖެހޭ އެންމެހާ ތަކެތި ހޯދައި އިންވެންޓްރީ ބެލެހެއްޓުމާއި ސެކްޝަންތަކުން ފޮނުވާ ރިކްއެސްޓްތަކަށް ސްޓޮކުން ތަކެތި ދޫކުރުމާއި ސްޓޮކް ބާކީ ގަވާއިދުން ބަލަހައްޓައި ސްޓޮކަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް ބަޖެޓަށް ފޮނުވުން.
  2. ކޮމިޝަނުގެ ރިސެޕްޝަން ބެލެހެއްޓުމާއި ކޮމިޝަނަށް އަންނަ ތަކެތި އެންޓްރީކޮށް ކަމާގުޅޭ ސެކްޝަންތަކަށް ފޮނުވުމާއި ކޮމިޝަނުން ފޮނުވާތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި  އެކަންކަމުގެ ރެކޯޑް ބެލެހެއްޓުމާއި ކޮމިޝަނަށް އަންނަ ފޯނުކޯލްތައް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުމާއި ކޯލްތަކަށް ޖަވާބުދިނުން.
  3. ކޮމިޝަނުގެ ފިކްސްޑް އެސެޓް ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ސެކްޝަނުގެ އެންޓްރީ އަޕްޑޭޓް ކުރުމާއި ލިޔެކިޔުންތަކުގެ ރެކޯޑް ބަލަހައްޓައި ގަވާއިދުން ފައިލް ކުރަމުން ގެންދިޔުން.
  5. ސެކްޝަނުން ޖަވާބުދޭން ޖެހޭ މައްސަލަތަކުގައި ވެރިންގެ ލަފަޔާއެކު ޖަވާބުތައްޔާރުކޮށް ފޮނުވުން.
  6. ކޮމިޝަނުގެ ނިންމުންތަކުގެ ތެރެއިން ސެކްޝަނުން ފިޔަވަޅު އަޅަންޖެހޭ ނިންމުންތަކަށް ސުޕަރވައިޒަރުގެ ލަފަޔާއެކު ފިޔަވަޅު އަޅައި، ނިންމުންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  7. ކޮމިޝަނުގެ ހިންގާ ޤަވާއިދަށް ގެނެވޭ އެކިއެކި އިޞްލާޙުތައް އެއް ފައިލަކަށް ގެނެވި، އަޕްޑޭޓް ކުރެވިފައިވާ ހިންގާ ގަވާއިދެއް އާންމުންނާއި މެމްބަރުންނަށް ފެންނާނެ ގޮތަށް ރައްކާކޮށް ޝާއިޢުކުރުމަށް ކުރަންޖެހޭ އިދާރި މަސައްކަތް ކުރުން
  8. ކޮމިޝަނުގެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް އިންޑެކްސް ކުރެވި، ރިފަރަންސްގެ ގޮތުގައި މެންބަރުންނަށާއި މުވައްޒަފުންނަށް ފެންނާނެހެން ރައްކާކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން
  9. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން މި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭމީހުންގެ އިޤްރާރު.
  2. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

  1. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ.
  2. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާރްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ.

މަޤާމަށް އެދި ހުށަހެޅުން

މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ.

https://apply.jsc.gov.mv

ސުންގަޑި

މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ޑިސެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށެވެ.

އިތުރު މަޢުލޫމާތު

 

 

 

 

 

  1. ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާއިރު، އިޢުލާނާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓެއް ހަމަކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ. އަދި ލިޔެކިޔުންތައް ހަމަތޯ ބެލުމަށްފަހު އެޕްލިކޭޝަން ހުށަހެޅުއްވުމަށް (ސަބްމިޓްކުރެއްވުމަށް) ސަމާލުކަން ދެއްވުން އެދެމެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުވާނަމަ، އެ އެޕްލިކޭޝަންއެއް ބާޠިލްވާނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
  3. ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް  މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
  4. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.
  5. މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.
  6. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  7. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. 

 

 

10 ޑިސެންބަރު 2024
ހޯދާ