މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މަގުބައްތިތައް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

         

       މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ މަގުބައްތިތައް 2025 ވަނަ އަހަރަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  

 

އަންދާސީ ހިސާބު ހުށަހެޅުން:

          އަންދާސީ ހިސާބު ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ރ.ރަސްގެތީމު ކައުންސިލް އިދާރާ ގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2024 ޑިސެންބަރު 17 ވަނަ ދުވަހުގެ 13:00 އާއި ހަމަޔަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދުރުފަހު 13:00 އާއި ދެމެދު ރ.ރަސްގެތީމު ކައުންސިލް އިދާރާގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ،ރަޖިސްޓްރީވާ ފަރާތުގެ ނަން ،އަދި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން މި އިދާރާގެ ނަންބަރު އީ-މެއިލް ކުރާނީ [email protected]އަށް ނުވަތަ ގުޅުއްވާނީ މި އިދާރާގެ ނަންބަރ: 6580068 ފޯނަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުން ގަޑި

17 ޑިސެންބަރު 2024 (އަންގާރަ)

13:00

މައުލޫމާތު ދިނުން

19 ޑިސެންބަރު 2024 (ބުރާސްފަތި)

13:00

އަންދާސީ ހިސާބު ހުށަހެޅުން

24 ޑިސެންބަރު 2024 (އަންގާރަ)

13:00

                   މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރަސްގެތީމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.                         

09 ޑިސެންބަރު 2024
ހޯދާ