މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހ. ވައިޓްވޭވްސްގައި ހިންގަމުންދާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް ގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން.
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.
ނީލަން ކިޔަން ހަމަޖެހިފައިވާތަން : މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓުއުޓް
- ނީލަން ކިޔާ ތަކެތި ދެއްކުން: 12 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00
- ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 17 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 10:00 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3322242، 3322625
މި އިޢުލާނާ އެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތު (އަގާއެކު) އެއް ހީރަސް ކުރެވިފައި އެވަނީއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.
ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 10:00 ގައި ނީލަމުގައި ބައިވެރިވެވަޑައި ގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަން އަންގައި އިޢުލާންކުރީމެވެ.
10 ޑިސެންބަރު 2024
ހޯދާ