މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލްގެ "ކާފް އެކްސްޕޯ 2025" ހިންގައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާލެއަތޮޅު އަތޮޅު ކައުންސިލްގެ "ކާފް އެކްސްޕޯ 2025" ހިންގައިދޭނެ ފަރާތެއް ހޯދުން

މިއިދާރާއިން އިންތިޒާމްކޮށްގެން  2025 ފެބްރުވަރީ 06 އިން 08 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކާފް އެކްސްޕޯ 2025" ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

ބީލަމުގައި ރަޖިސްޓްރީކުރުމާއި މަޢުލޫމާތު ދިނުން

  • ރަޖިސްޓްރީކުރުމުގެ ސުންގަޑި: 12 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން
  • ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެއެވެ.
  • މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

ބީލަން ހެށަހެޅުމާއި ބީލަން ކެނޑުން

  • ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން: 18 ޑިސެމްބަރ 2024 ވާ ބުދަ ދުވަހުގެ 09:00 ގައި މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ /ކ. ތުލުސްދޫގައެވެ.
  • ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.

މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014  " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.

09 ޑިސެންބަރު 2024
ހޯދާ