ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދުތަކުގައި ހުންނަ ތަކެތި ނެގުމަށް
މިހާރަކަށް އައިސް މި އިދާރާއިން ހުއްދަ ހޯދުމެއްނެތި އިޖްތިމާއީ ސަރަހައްދު ތަކާއި ހުސްކޮށް ހުންނަ ބިންބިމުގައި ތަކެތި ބެހެއްޓުމާއި އެކި ބޭނުންތަކަށް ތަންތަން ހެދުމާއި ރުއްގަސް އިންދުން އާންމު ވަމުންދާތީ ހުއްދަ ނުހޯދައި ތަކެތި ބެހެއްޓުމާއި ތަންތަން ހެދުމާއި ރުއްގަސް އިންދުމަކީ މަނާ ކަމެއްކަމުގައި އާނމުކޮށް އެންގީމެވެ. އަދި މިގޮތަށް ބަހައްޓާފައިވާ ތަކެއްޗާއި މަގުތަކަށް އަރާގޮތަށް އިންދާފައިވާ ރުއްގަހާއި އިޖުތިމާއީ ސަރަހައްދު ތަކުގައާއި މަގުމަތީގައި އާމުންނަށް އުނދަގޫވާގޮތަށް އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ އެންމެހާ ތަކެތި އެތަކެތީގެ ވެރިފަރާތުން 22 ޑިސެންބަރ 2024 ވާ އާދިއްތަ ދުވަހުގެ ކުރިން ނަގާ ބިންސާފުކުރުމަށް އަންގައި އިޢުލާން ކުރަމެވެ.
09 ޑިސެންބަރު 2024
ހޯދާ