ދިވެހިރާއްޖެ
ގދ. ރަތަފަންދޫގައި ރަށުގެނަން ރަމްޒުކޮށްދޭނެ މޮނިއުމެންޓެއް ރަށު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮންސެޕްޓް ޑިޒައިން ހަދައިދީ، މި ކައުންސިލުން ދައްކާ ސަރަހައްދެއްގައި މި ބިނާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން |
· ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 17 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހު 10:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ އޮންލައިން ފޯމް ފުރިހަމަ ކުރަންވާނެއެވެ. ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ. · ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 500 (ފައްސަތޭކަ) ރުފިޔާއަށެވެ. · ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
ބޭންކް: ބޭންކް އޮފް މޯލްޑިވްސް ބޭންކް އެކައުންޓްގެ ނަން: 1471 ރެވެނިއު 1 އެކައުންޓް ނަންބަރ: 001 700301 7710 ސްލިޕް ވައިބަރ ކުރައްވާނެ ނަންބަރު: 7633734، 9692437
|
ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން |
|
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން |
|
އިތުރު މަޢުލޫމާތު |
|
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.