ދިވެހިރާއްޖެ
ތަކެތި ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން
މިއިދާރާއިން ދޭ ސްޕެސިފިކޭޝަނާ، މަޢުލޫމާތާ އެއްގޮތަށް ތިރީގައިމިވާ ތަކެތި ހޯދައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- 03 އޮފީސް ޓޭބަލް
- 03 ގޮނޑި (އެގްޒެކްޓިވް)
- 01 ކޮމްޕިއުޓަރ ޑެސްކްޓޮޕް ސިސްޓަމް
- 01 ޔޫޕީއެސް (ބެޓްރީ ބެކަޕް) 220 ވޯޓް 13 އެމްޕަޔަރ
- ޕީސީ އެންޓިވައިރަސް (ކެސްޕާސްކީ) 03 ޕީސީގެ 02 ސީޑީ
ވީމާ، މި ތަކެތި މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހޯއްދަވައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޖުލައި 2015 ވާ ހޯމަ ދުވަހުގެ 11.30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި "ކަމަދޫ ކައުންސިލް އިދާރާއަށް ބޭނުންވެގެން ހޯދާ ތަކެތީގެ އަންދާސީހިސާބު" މިހެން ލިޔުމަށްފަހުގައެވެ. ހުށަހަޅާ އަންދާސީހިސާބާއެކު އެފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީހުށަހަޅަންވާނެވެ. ކުންފުންޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ކުންފުންޏަކުން އަންދާސީހިސާބު ހުށަހަޅުއްވުމަށް ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފަރާތުން ހާޒިރުވެވެން ނެއްނަމަ ބަދަލުގައި ފޮނުވާ މީހާގެ އައިޑީކާޑާއި ވެރިފަރާތް އިއުތިރާޒެއް ނެއްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:
- މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް
- ގަޑިޖެހިގެން ހުށަހެޅޭ އަންދާސީހިސާބުތައް
- ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފަރިހަމަ ނުވާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް
- މިއޮފީހުން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމްގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބުތައް
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ރަމަޟާން 1436