ވާދޫ ޖަމާލުއްދީން ސްކޫލް، ގދ. ވާދޫ
ދިވެހިރާއްޖެ
2025 ވަނަ އަހަރު މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

                  ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޑިސެންބަރު 09 ން 15 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ "މަޢުލޫމާތު ޝީޓް" މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

                  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 17 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި އޮންނާނެއެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު މި ޢިއުލާނާއިއެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.

                  އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި ސްކޫލަށް ހުށަހަޅަންވާނެއެވެ.

                  މި ޢިއުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާ ނަމަ 15 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ސްކޫލުގެ ނަންބަރ 7983084 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

09 ޑިސެންބަރު 2024
ހޯދާ