މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ލަންދޫ ބަނދަރު ސަރަޙައްދުގައި މަސްމާރުކޭޓް އަޅައިދޭނެ ފަރާތެއްހޯދުމަށް ކުރި(IUL)289/289/2024/74 އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރުން:

މި އިޢުލާންވަނީ 10 ޑިސެންބަރު 2024 14:23 ގައި ބާތިލް ކުރެވިފައެވެ.


ނ. ލަންދޫ ބަނދަރު ސަރަޙައްދުގައި މަސްމާރުކޭޓް އަޅައިދޭނެ ފަރާތެއްހޯދުމަށް ކުރި ނަންބަރު(IUL)289/289/2024/74  އިޢުލާންއާއި ގުޅިގެން ބިޑް ރަޖިސްޓްރީ ކޮށްފައިވާފަރާތްތައް މަދުކަމުން އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރީމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް، 12 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުމަށްފަހު، ބީލަން ފޯމް ފުރިހަމަ ކުރައްވާ، 19 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ [email protected]   އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6563952 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.   

މި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، ބީލަމުގައި ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމާއެކު ރަޖިސްޓްރޭޝަން ފީ ނުދައްކާ ބީލަންތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިންކުރި އިޢުލާނާއި ގުޅިގެން ބިޑް ރަޖިސްޓްރީވުމަށް ހުށަހަޅާ ފައިސާދައްކާފައިވާ ފަރާތްތަކުން މިއިޢުލާނާއި ގުޅިގެން ބިޑް ރަޖިސްޓްރީވުމަށް ހުށަހަޅާއިރު ބިޑް ރަޖިސްޓްރޭޝަން ފައިސާ އަލުން ދައްކަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޑިސެންބަރު 2024
ހޯދާ