ދިވެހިރާއްޖެ
މި މިނިސްޓްރީގެ އައު އޮފީހުގެ އައިޓީ އިންފްރާސްޓްރަކްޗަރ މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރ އެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS /492/2024/196 އިޢުލާންގެ މަޢުލޫމާތު ކަރުދާހަށް ބަދަލުއައުމާ ގުޅިގެން، މި އިޢުލާނަށް ބީލަން ހުށަހެޅުމުގެ މުއްދަތުވަނީ އިތުރުކުރެވިފައެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 16 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339282 އަދި 3033424 ނަންބަރު ފޯނަށެވެ.