ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ކައުންސިލަށް ބޭނުންވާ އެޅިގައު ހޯދުމާގުޅޭ
ކައުންސިލުން ތިރީގައި މިދަންނަވާ ތަކެތީގެ އަންދާސީ ހިސާބު ބޭނުންވެއެވެ.
- އާދައިގެ ވެލީގެ 4އިންޗީގެ ހޮލޯ 2600އެޅިގައު
- އާދައިގެ ވެލީގެ 5އިންޗީގެ ހޮލޯ 5000 އެޅިގައު
ބީލަން ފޯމް ދޫކުރުން |
7725700293001( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު 9926001 އަށް ވައިބަރ/ޓެލްގްރާމް ކުރެއްވުމުންނެވެ. |
ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން |
ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ. |
މަޢްލޫމާތު ސާފުކޮށް ދިނުން |
އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި |
ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް ތާރީޚް: 12 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ބީލަން ހުށައަޅުއްވާނީ 2ސައިޒުގެ ގަލުގެ އަގު ވަކިވަކިން ބަންދު ކުރެވިފައިވާ 2 ސިޓީއުރައެއްގައެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. |