ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ މައިކްރޯސޮފްޓް އޮފީސް 365 ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި މަސައްކަތާއި ގުޅޭ "މަޢުލޫމާތު ކަރުދާސް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 12 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން [email protected] އަށެވެ. ނުވަތަ ގުޅުއްވާނީ 3010996 އަށެވެ.
ބީލަން ހުށަހެޅުން |
ތަން : އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް،ގ.ބިއްލޫރިޖެހިގެ،މަޖީދީމަގު،ކ.މާލެ |
ގަޑި : 2024 ޑިސެންބަރު 15 ވާ އާދީއްތަ ދުވަހުގެ 10:00 ނޯޓު : ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަހު އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.