ދިވެހިރާއްޖެ
ހއ.ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަކޯރު ބޭނުންވާ ފަރާތްތަކަށް އަލަކޯރު ދޫކުރުމާއިގުޅޭ
ހއ. ކެލާ ދަނޑުބިމުގެ ސަރަހައްދުން އަލަކޯރު ބޭނުންވާ ފަރާތްތަކަށް އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 2024 ޑިސެންބަރު 08 ވަނަ ދުވަހުން ފެށިގެން ހުޅުވާލަމެވެ. އަދި މިއިދާރާއިން ކުރެވުނު ނަންބަރު (IUL)249-E/249/2024/61 އިޢުލާނާއި ގުޅިގެން މިއިދާރާއަށް އަލަކޯރަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބާޠިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަލަކޯރު ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކައުންސިލުން އަލަކޯރު ކޮނުމަށް ބިންދޫކުރުމާގުޅޭ ނަމްބަރ (PP)249-M/2024/3 އުޞޫލުގައި ބަޔާން ކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.
ވީމާ ދަނޑުބިން ސަރަހައްދުން އަލަކޯރު ބޭނުންވާ ފަރާތްތަކުން 2024 ޑިސެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.