ޅޮހީ ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2025 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

2025 ޖެނުއަރީ 1 އިން 2025 ޑިސެމްބަރ 31ވަނަ ދުވަހަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް  ހޯދުން.

             ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.         

 މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  08 ޑިސެމްބަރު 2024 އިން 12 ޑިސެމްބަރު 2024  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް މަޢުލޫމާތު ފޮނުވުން.

  • މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
  • ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ،
  • ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު:

12 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން  [email protected]އީމެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން  މަޢުލޫމާތުދިނުން 16 ޑިސެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ 10:00 ޅޮހީ ސްކުލްގައި އޮންނާނެއެވެ.      

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  22 ޑިސެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ޅޮހީ ސްކޫލްގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޅޮހީ ސްކޫލް

ނ. ޅޮހި، ދިވެހިރާއްޖ

ފޯން: 9639585

އީ-މެއިލް: [email protected]

08 ޑިސެންބަރު 2024
ހޯދާ