މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމަށް ބިޒްނަސް ޓްރެއިނިންގ މެޓީރިއަލް ތައްޔާރުކޮށް ޓްރެއިނިންގ ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީއާއެކު ދިވެހިސަރުކާރުން ހިންގަމުން ގެންދާ  [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] (MAP) އަށް އިފާޑުން ފޯރުކޮށްދޭ ފައިސާއިން ބައެއް، ބިޒްނަސް ޓްރެއިނިންގ މެޓީރިއަލް އެކުލަވައިލުމަށް ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، މި ކޮންސަލްޓަންސީ ފޯރުކޮށްދިނުމަށް ޝަރުޠުފުރިހަމަވާ ފަރާތްތަކަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު (expression of interest)، މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުން ހުޅުވާލަމެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަސައްކަތަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ޓްރާންސްކްރިޕްޓް އައިއެކު)
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

މި ކޮންސަލްޓަންސީ ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ، މަޞްލަޙަތު ފުށުއެރުމެއް ނެތް، ނުވަތަ މަޞްލަޙަތު ފުށުއެރުމުގެ ފުރުޞަތު އޮތް ނުވަތަ އެކަށީންގެންވާ ހަމަތަކުން ބަލާއިރު އެފަދަ ފުށުއެރުމެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކަށް ވެގެންނުވާނެއެވެ. މިދެންނެވި ފަދައިން މަޞްލަޙަތު ފުށުއެރުމެއް ވާކަމަށް ބެލެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިކުރެވޭނެއެވެ. 

ކޮންސަލްޓަންޓް ހޮވޭނީ، އިފާޑުގެ ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ "ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިދެންނެވި ހޭންޑް ބުކް އިފާޑުގެ ވެބްސައިޓްގެ www.ifad.org/project-procurement. މި ލިންކުން ބައްލަވައިލެއްވޭނެއެވެ.

ޝޯޓްލިސްޓްކުރެވޭ ކްރައިޓީރިއާ 'ޓާރމްސް އޮފަ ރިފަރެންސް' ގައި ހިމެނިފައިވާނެއެވެ.

"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންފުޅުވާނަމަ، އެކަމެއް 10 ޑިސެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުއްވަންވާނެއެވެ. މިގޮތުން ފޮނުވާ އީމެއިލްތަކަށް 12 ޑިސެންބަރު 2024 ގެ 15:00 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ، 19 ޑިސެންބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށެވެ.

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު

މާލެ، ދިވެހިރާއްޖެ

ފޯން: 3033410

އީމެއިލް: [email protected]

 

04 ޖުމާދަލްއާޚިރާ 1446

05 ޑިސެންބަރު 2024

05 ޑިސެންބަރު 2024
ހޯދާ