ދިވެހިރާއްޖެ
މި ސްކޫލުގެ ރޭމްޕް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މި ސްކޫލުގެ ރޭމްޕް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު Ref: GS213/IUL/2015/013 ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުން އަންގާގޮތަކަށް އަމިއްލަ ތަކެތީގައި މިސްކޫލުގެ ރޭމްޕް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވުމާއެކު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ ދުވާފަރު ޕްރައިމަރީ ސްކޫލްގައެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.
ނޯޓް: އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6582703 އާ ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އަންގާ އިޢުލާން ކުރަމެވެ.
22 ރަމަޟާން 1436