ދިވެހިރާއްޖެ
އިޢުލާން
މިއިދާރާއަށް ބޭނުންވާ 01 ކާރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
ދ. އަތޮޅު ކައުންސިލް އިދާރާއަށް ބޭނުންވާ 1 (އެކެއް) ކާރު ހޯދުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
|
ތަފްސީލް |
ތާރީޚް |
ގަޑި |
|
މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، [email protected] އީމެއިލް ކުރައްވާ |
15 ޑިސެމްބަރ 2024 (އާދިއްތަ) |
11:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
17 ޑިސެމްބަރ 2024 (އަންގާރަ) |
11:00 |
|
ތަން: ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައި |
||
ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:
- ބީލަން ހުށަހަޅާ ފަރާތްތަކުން ފްރޮޕޯސަލް ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލެވުމަށް ސަމާލުކަން ދޭންވާނެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަ ފަރާތުން ގެންނަވަން ވާނެއެވެ.
