ދިވެހިރާއްޖެ
އިޢުލާން
ދައުލަތުގެ އޮފީސް ތަކުން މުދާ ބޭނުންވޭތޯ ބެލުން
ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެންނެތް ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތާލުމަށް ޢަމަލު ކުރާ ޢުޞޫލުގެ ދަށުން މިއޮފީހުގައި ހުރި ބައެއް ތަކެތި ނީލަން ކިޔަން ނުވަތަ ނައްތާލުމަށް ހަމަޖެހިފައި ވާތީ ދައުލަތުގެ އެއްވެސް އިދާރާއަކަށް ބޭނުންވޭތޯ ބެލުމަށްބޭނުންވެއެވެ.
ވީމާ މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ތަކެތި ބޭނުންފުޅުވާ ދައުލަތުގެ އޮފީސްތަކުން 16 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިއޮފީހަށް ލިއުމަކުން އަންގަވައި ދެއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6895557 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
04 ޖުމާދަލްއާޚިރާ 1446
05 ޑިސެމްބަރ 2024