މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބ. ދަރަވަންދޫއަށް އަރާ ފައިބާ ފަރާތްތަކަށް ފެންނާނެހެން އަމީނީމަގުގެ އިރުމަތިކޮޅުގައި ހަރުކުރާ ވިޒިޓް ދަރަވަންދޫ 2025 ގެ ނަންބޯޑާއި ވިޒިޓް ދަރަވަންދޫ 2025 ޕްރޮމޯޓްކުރުމުގެ ގޮތުން ހަރުކުރާ ވިޒިޓް ދަރަވަންދޫ 2025 މޮނިއުމެންޓް ތައްޔާރުކުރުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ. 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ކައުންސިލްގައި ރަޖިސްޓްރީކުރަންވާނެ އެވެ. މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު https://forms.office.com/r/y85P9riD7R މި ލިންކުން ފުރިހަމަ ކުރައްވާ ސަބްމިޓް ކުރެއްވުމުން ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަވާނެ އެވެ.  މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2024  ޑިސެންބަރު 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 01:00 ގެ ނިޔަލަށެވެ. މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.  މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.

ޕްރީބިޑް ބައްދަލުވުން

މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް ބިޑްގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލް ކޮށްދެވޭތީ މަޢުލޫމަތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެ އެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

- ބިޑް/ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2024 ޑިސެންބަރު 19 ވަނަ ދުވަހުގެ 13:00ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.

- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

- ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑު ހުށައަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

- ބިޑް/ ޕްރޮޕޯސަލްއާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، ބިޑް/ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2024 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެ އެވެ.

އީމެއިލް އެޑްރެސް: [email protected]

ފޯން: 6602514

05 ޑިސެންބަރު 2024
ހޯދާ