އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އޮޕަރޭޝަން ކުރަނގީގެ ދަށުން އައްޑޫސިޓީ ހުޅުދޫގައި ތިބި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގައި ބިދޭސީންގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

އިޢުލާން

އޮޕަރޭޝަން ކުރަނގީގެ ދަށުން އައްޑޫސިޓީ ހުޅުދޫގައި ތިބި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގައި ބިދޭސީންގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

        ދިވެހިރާއްޖޭގެ ވަޒީފާއަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން 'އޮޕަރޭޝަން ކުރަނގި' ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ވަނީ ފައްޓަވާފައެވެ. މި އޮޕަރޭޝަންގެ ދަށުން މި އަވަށުގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމާއި، ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އަދާހަމަ ކުރުމުގެ މަސައްކަތް 09 ޑިސެމްބަރ 2024 އިން ފެށިގެން 26 ޑިސެމްބަރ 2024 ގެ ނިޔަލަށް ކުރިއަށްދާނެ ވާހަކަ ބިދޭސީ މަސައްކަތްތެރިން ގެންގުޅުއްވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ބަޔޯމެޓްރިކް ޑޭޓާ ނެގިފައިނުވާ ފަރާތްތަކާމެދު ސަރުކާރުން ނިންމާގޮތެއްގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

        ބަޔޯމެޓްރިކް ޑޭޓާ ނަގައި، ދަފްތަރު އަދާހަމަކުރުމަށްޓަކައި ބިދޭސީ މަސައްކަތްތެރިޔާގެ ޕާސްޕޯޓް، ވޯކް ޕާރމިޓް ކާޑު އަދި ވަޒީފާދިން ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ބޭނުންވާނެއެވެ. މި މަސައްކަތުގައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުން އެދެމެވެ. އަދި ޤަވައިދާއި ޚިލާފަށް ނުވަތަ ޑޮކިއުމަޓްތައް ނެތި، ބިދޭސީ މަސައްކަތްތެރިއަކު ހުރިކަމުގެ މައުލޫމާތު އެނގޭ ނަމަ އެ މަޢުލޫމާތު މި އޮފީހާއި ޙިއްސާކޮށް ދެއްވުން އެދެމެވެ.

 

04 ޖުމާދަލްއާޙިރާ 1446

05 ޑިސެމްބަރ 2024

05 ޑިސެންބަރު 2024
ހޯދާ