ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން ނަންބަރ: (IUL)GS-01/GS-01/2024/92
1 ޖަނަވަރީ 2025 އިން ފެށިގެން 31 ޑިސެންބަރ 2025 ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ލިންކް މެދުވެރިކޮށް 15 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން https://bit.ly/3Oiw54Vއަށް ރަޖިސްޓްރީވުމަށްފަހު، ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބާއެކު މި ސްކޫލަށް ހާޒިރުވުން އެދެމެވެ.
މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސްކޫލްގެ މީޓިންގ ރޫމް ގައެވެ.
މަޢުލޫމާތު ދިނުން |
އަންދާސީހިސާބު ހުށަހެޅުން |
16 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހު 11:00 |
19 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 |
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް އަންދާސީ ހިސާބު ހުށައަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6608359 ފޯނަށް ގުޅުއްވުން އެދެމެވެ.
27 ޖުމާދަލްއާޚިރާ 1446
05 ޑިސެމްބަރ 2024