ދިވެހިރާއްޖެ
27 އޮކްޓޯބަރ 2024 ގައި ކުރި މި އިދާރާގެ އިޢުލާން ނަންބަރު: (IUL)383-MS&IM/383/2024/171 އާއި ގުޅިގެން ހުށަހެޅުނު ހެށަހެޅުންތަކުގައި ވާދަވެރިކަން ނެތުމުން އެ އިޢުލާން ބާތިލްކޮށް އެ ބިންތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިމަށްއެދި ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. މި އިޢުލާނާގުޅޭ ބީލަން ކަރުދާސް 2024 ޑިސެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 09:00 ން ފެށިގެން 2024 ޑިސެމްބަރ 15 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމައަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.
މި އިޢުލާނާ ގުޅިގެން ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2024 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:15ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.
ބީލަން ކަރުދާސް ނަންގަވަން އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ވިޔަފާރި ރަޖިސްޓްރީއެއްގެ ދަށުން ނުވަތަ އެނޫންވެސް ޤާނޫނީ ޝަހުސެއްނަމަ ރަޖިސްޓްރީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ހުށަހެޅޭ ބީލަން ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ. ހުށަހަޅާ ބީލަން ފޯމްތައް އިވެލުއޭޓް ކުރެވޭނީ ކޮންމެ ބިމެއް ވަކިންނެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.