ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އޮން އެއަރ އެސިސްޓެންޓް އޮޕަރޭޓަރ ގްރޭޑް.1

ވަޒީފާގެ ފުރުޞަތު

މަޤާމު: އޮން އެއަރ އެސިސްޓެންޓް އޮޕަރޭޓަރ ގްރޭޑް 1

މުސާރަ އާއި އެލަވަންސް

މަހަކު -/8900 ރުފިޔާ

އިތުރުގަޑި:

އިތުރުގަޑީގައި މަސަތްކަތްކޮށްފިނަމަ އިތުރުގަޑީގެ ސިޔާސަތާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް

TP7

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އޮންއެއަރ

މަޤާމުގެ ޝަރުތު:

ޖީ.ސީ.އޯ އޭ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާ ގުޅޭ ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ދުވަހުގެ ޑިއުޓީއަށް ހާޒިރުވުމަށްފަހު މަސައްކަތްކުރާ މާޚައުލު (ކޮންޓްރޯލް ރޫމް ނުވަތަ މާސްޓަރ ކޮންޓްރޯލް ރޫމް) ގެ އެންމެހާ އިކުއިޕްމަންޓްތައް ޗެކްކޮށް، ޗެކްލިސްޓް ފުރިހަމަކޮށް، އިންޖިނިއަރިންގ އޮޕަރޭޝަންސް ޔުނިޓާއި ހަވާލު ކުރަންވާނެއެވެ.
  • ދުވަހުގެ ޑިއުޓީއަށް ހާޒިރުވުމަށްފަހު ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި އިޝްތިހާރުތައް ހަމަތޯބަލާ ޗެކްކުރުން، އަދި ޕްރޮގްރާމެއް މަދުވާނަމަ ވީ އެންމެ އަވަހަކަށް ޕްރޮގްރާމް ޑިޕާރޓްމަންޓަށް އެންގުން.
  • ޚަބަރާއި ގުޅުންހުރި ލިޔުންތަކާއި، ޢިއުލާންތައް (މާރކެޓިންގ ޑިޕާރޓްމަންޓުން ލިޔަންޖެހޭ) ލިޔުންތައް ފިޔަފައި ދުވަހުގެ ޝެޑިއުލްއާއި ގުޅުންހުރި ހުރިހާ ލިޔުމެއް ލިޔެ އެއަރ ކުރުން. މިނޫންވެސް ޚާއްޞަ ލިޔުމެއް އޮންއެއަރ ކުރާނަމަ ކުރަންވާނީ ޕްރޮގްރާމް ޑިޕާރޓްމަންޓް ނުވަތަ ނިއުސް ޑިޕާރޓްމަންޓްގެ އިސް ފަރާތެއްގެ ހުއްދަ ލިބިގެންނެވެ.
  • ލައިވް އަޕްޑޭޓުކުރާ ލިޔުން އެއަރކުރާ ޚާލަތްތަކުގައި (މިސާލަކަށް: ކުޅިވަރުގެ ސްކޯރ)، އެ ލައިވް އިވެންޓަކާއި ގުޅުންހުރި ޑިޕާރޓްމަންޓެއްގެ އެހީގައި އަޕްޑޭޓްކުރުން.
  • ކޮންޓްރޯލް ރޫމްތެރޭގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް ފަރުވާތެރިކަމާއެކު އޮންއެއަރ (އޯޑިއޯ، ވީޑިއޯ އަދި ކޮންޓެންޓު) މޮނިޓަރކުރުން.

 

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓްފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

19 ރަމަޟާން 1436

06 ޖުލައި 2015
ހޯދާ