ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
Maintenance Assistant

ވަޒީފާގެ ފުރުސަތު

މިކުންފުނީގެ މިދަންނަވާ މަގާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

މެއިންޓޭނަންސް އެސިސްޓަންޓް

އަދަދު:

1

ވޯކް ސައިޓް / ޑިޕާޓްމަންޓް

ހެޑް އޮފީސް / ޕްރޮޖެކްޓް އެންޑް އެސެޓްސް

މުސާރަ އަދި އިނާޔަތްތައް:

 

- މުސާރަ: MVR 14,500 - 13,000

- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ – ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ  

- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)

މަޤާމްމުގެ މަސްއޫލިއްޔަތު:

 

-   އިމާރާތްކުރުމާއި އިމާރާތް ތަކުގެ މަރާމާތު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަށް

ސުޕަވައިޒަރުއަންގައި ގޮތަށްކުރުން.

-   ރާނައި ސިމެންތި ޖެހުމާއި މުށިޖެހުމުގެ މަސައްކަތްތަށްކުރުން.

-   ޕުޓީ ޖެހުމާއި ކުލަލުމުގެ އެންމެހައި މަސައްކަތްތަށް ކުރުން.

-   ވަޑާމުގެ އެންމެހައި މަސައްކަތްތަށް ކުރުން.

-   ފެންވައިރުކުރުމާއި ނަރުދަމާގެ އެންމެހައި މަސައްކަތްތަށް ކުރުން.

-   ވެލްޑިންގް ގެ އެންމެހައި މަސައްކަތްތަށްކުރުން.

-   މަސައްކަތެއް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި މެޝިނަރީތަކާއި ސާމާނު ސާފުތާހިރުކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

-   މެއިންޓެނަންސް އަދި މަރާމާތު ކުރުމަށް ކުއްލި ހާލަތުގައި އަންގާ އެންގުންތަކަށް އެޓެންޑްވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ގްރޭޑް 10 ފުރިހަމަކޮށްފައިވުން އަދި އިމާރާތް މަރާމާތުކުރުމާއި ބެލެހެއްޓުމާ ގުޅޭ މަސައްކަތުގެ ތަމްރީނު ފުރިހަމަކޮށްފައިވުން ނުވަތަ އިމާރާތް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޑިސެންބަރ 2024 ވާ ބުދަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން އެސްޓީއޯ އޮންލައިން ވެބްސައިޓް މެދުވެރިކޮށް ވަޒީފާއަށް އެދޭ ލިޔުންތައް https://sto.mv/careersހުޝައެޅޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3012404 އަށެވެ.

 

 

04 ޑިސެންބަރު 2024
ހޯދާ