މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮކިއުމަންޓް އެގްޒެކެޓިވް

މަޤާމު:

އެސިސްޓަންޓް ޕްރޮކިއުމަންޓް އެގްޒެކެޓިވް (އެމް.އެސް. 3)

ބޭނުންވާ އަދަދު:

2

މުސާރަ:

-/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ކ.މާލެ

ޑިވިޜަން:

ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން، ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަން    

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޓް އެންވަޔަރަންމަންޓް) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޓް އެންވަޔަރަންމަންޓް)  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޓް އެންވަޔަރަންމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް/ ޕްރޮކިއުމަންޓް/ ފައިނޭންސް/ އެކައުންޓިންގ/ ޕްރޮޖެކްޓް މެނޭޖްމަންޓް/ ސިވިލް އިންޖިނިއަރިންގ/ ބިލްޓް އެންވަޔަރަންމަންޓް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  

އިތުރު ތަފުސީލު

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޔުނިޓުގެ މަސައްކަތްތައް ސެކްޝަން ހެޑްގެ އިރުޝާދުގެ ދަށުން ހިންގުން.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަނަށް ހުށަހެޅޭ ޕްރޮޖެކްޓްތައް ބީލަމަށް ހުޅުވައިލުމާއި، ބީލަމުގެ އެންމެހައި ކަންތައްތަކެއް ސެކްޝަންހެޑްގެ ލަފާގެ މަތިން ހިންގާ ބެލެހެއްޓުން.
  • ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން އަދި މުވައްޒަފުންނަށް މަސައްކަތުގައި ދިމާވާ އެކި ކަހަލަ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް މަގުދައްކައިދިނުން.
  • މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު (ޓްރެއިނިންގ ރިކުއަރމަންޓް) ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، އެއާއި ބެހޭގޮތުން ސެކްޝަން ހެޑްއަށް ލަފާދީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ސެކްޝަން ބަޖެޓް ޕްލޭން އެކުލަވާލުމުގައި ސެކްޝަންހެޑް އަށް ލަފާދީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޕްރޮޖެކްޓްގެ ޓެންޑަރިންގ އަދި އިވެލުއޭޝަން ސްޓޭޖުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ޙައްލު ކުރުން.
  • ޕަބްލިކް ޕްރޮކިއުމަންޓް ސެކްޝަނުން ބީލަމަށް ހުޅުވާލެވޭ ޕްރޮޖެކްޓްތަކަށް ހުށަހެޅޭ ބިޑް ޑޮކިއުމަންޓްތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ރައްކާކޮށް ބެލެހެއްޓުން.

އުޖޫރަ އާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  • ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %50)
  • މަސައްކަތުގެ ތަކުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 12 )
  • އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ %38)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކުރެއްވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   
  • ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

21 ޖުލައި 2015 (އަންގާރަ) ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349339/ 3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ. 

20 ރަމަޟާން 1436

07 ޖުލައި 2015
ހޯދާ